
"ތޫފާން ޑިޓުވާ" ގެ ސަބަބުން ސްރީ ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ކޯރުތައް ބަންޑުންވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް ރެޑް ކްރެސެންޓުން ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ޚާއްސަ ރިލީފް ފަންޑެއް ހުޅުވައިފިއެވެ.
ރެޑް ކްރެސެންޓުން ވިދާޅުވީ، ލަންކާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ލަންކާގެ ރެޑް ކްރޮސް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "އެމްއާރްސީ ސްރީ ލަންކާ ރިލީފް ފަންޑް" ގެ ނަމުގައި ފަންޑެއް ގާއިމްކޮށް އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
ގިނަ އަދަދެއްގެ ދިވެހި ފައިސާ ޑޮލަރަށް މާރުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް ކުޑަކުރުމަށް އަދި ވީ އެންމެ އަވަހަކަށް ފައިސާގެ އެހީތެރިކަން ލަންކާގެ ރެޑް ކްރޮސް ޖަމާއަތަށް ފޯރުކޮށްދިނުމަށްޓަކައި، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުގެ ޑޮލަރު މެދުވެރިކޮށް އެ ފަންޑަށް ފައިސާ ހާދިޔާކުރުމަށް ރެޑް ކްރެސެންޓުން ވަނީ އިލްތިމާސްކޮފައެވެ.
ފައިސާ ހަދިޔާކުރުމަށް ހުޅުވާލެވިފައިވާ އެކައުންޓް ނަންބަރުތައް ތިރީގައި މިވަނީއެވެ.
ބޭންކްއޮފްމޯލްޑިވްސް(ބީ.އެމް.އެލް):
ދިވެހި ރުފިޔާގެ އެކައުންޓް: 7730000379010 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
ޑޮލަރު އެކައުންޓް: 7701176022002 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
މޯލްޑިވްސްއިސްލާމިކްބޭންކް(އެމް.އައި.ބީ):
ދިވެހި ރުފިޔާގެ އެކައުންޓް: 99010155500036100 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
ޑޮލަރު އެކައުންޓް: 990101555036200 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
ރެޑް ކްރެސެންޓުން ވިދާޅުވީ، މި ފަންޑަށް ލިބޭ ހުރިހާ ފައިސާ އެއް ފޯރުކޮށްދޭނީ ކާރިސާއިން އެންމެ ބޮޑު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ލަންކާ ރެޑް ކްރޮސް ސޮސައިޓީއަށް ކަމަށެވެ.